ޚަބަރު

މިއަހަރު ގޯތި ދޫކުރުމުމުގެ ކަންކަމާއި ބެހޭ ވަގުތީ ވިލަރެސް ކޮމެޓީ އިފްތިތާހުކުރުމުގެ ބައްދަލުވުން ބާއްވައިފި

މިއަހަރު ހދ. ވައިކަރަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 107 ގޯތި ދޫކުރުމުގެ މަސައްކަތުގެ އެކިއެކި މަރުހަލާތައް ކުރިޔަށްދަނީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއި ޙައްޤުތައް ނުގެއްލޭގޮތަށްކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ވަގުތީ ވިލަރެސް ކޮމެޓީ އިފްތިތާހުކުރުމުގެ ބައްދަލުވުން މިއަދު 1:00 ގައި ވައިކަރަދޫ ކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.

މި ބައްދަލްވުން އިފްތިތާޙް ކޮއްދެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޒާމިރެވެ. ވިލަރެސް ކޮމެޓީ އެކުލެވިގެންވަނީ ކައުންސިލްގެ 2 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 2 މެންބަރުންނާއި ރަށުގެ ކުލަބްޖަމްއިއްޔާ ޖަމާއަތްތަކުން 1 މެންބަރާއި ރަށުގެ މުއައްސަސާތައް ތަމްސީލްކުރާ 1 މެންބަރާއި ކައުންސިލް އިދާރާގެ ބިމާއިބެހޭ ޝެކްޝަނުގެ 1 މުވައްޒަފާއި އާންމު ރައްޔިތުން ތަމްސީލްކުރާ 2 މެންބަރުން ހިމެނޭހެން ޖުމްލަ 9 މެންބަރުންގެ މައްޗަށެވެ.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *