
ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ކައުންސިލާއި ޑަބްލިއުޑީސީ ގުޅިގެން ކާބޯތަކެތީގެ މަޢުރަޒެއް ބާއްވައިފި
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދިވެހި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މި ކައުންސިލާއި ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގުޅިގެން ޚާއްޞަ ކާބޯތަކެތީގެ މަޢުރަޒެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މި މަޢުރަޒު ކުރިއަށްދިޔައީ އޮކްޓޫބަރު 30 އިން 31 އަށް، ސުލައިމާނިއްޔާ ހޯލުގައެވެ.
ޖުމްލަ 7 ސްޓޯލަކުން ބައިވެރިވި މި މަޢުރަޒުގައި، ރަށުގައި ތައްޔާރުކޮށް ބަންދުކޮށްފައި ހުރި އެކި ބާވަތްތަކުގެ ކާބޯތަކެއްޗާއި، ދިވެހި އަމިއްލަ އުފެއްދުންތަކުގެ އިތުރުން، ދަނޑުވެރިން ހައްދާފައިވާ ތަފާތު ގިނަ ބާވަތްތަކުގެ މޭވާއާއި ތަރުކާރީ ވަނީ ދައްކާލައި، ވިއްކުމަށް ބަހައްޓާފައެވެ.
މި މަޢުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލްޣަފޫރު މޫސާއާއި، ވައިކަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ޒިޔާދެވެ.
މަޢުރަޒުގެ ބައިވެރިންގެ މެދުގައި ވާދަވެރިކަން އުފައްދައި، ހިތްވަރު ދިނުމުގެ ގޮތުން ކައުންސިލުން ހޮވި އެންމެ މޮޅު 3 ސްޓޯލަށް ފައިސާގެ އިނާމުގެ ވައުޗަރުތައް ވަނީ ހަވާލުކޮށްފައެވެ. މި އިނާމުތައް ބައިވެރިންނާ ހަވާލުކޮށްދެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދެވެ.
މީގެ އިތުރުން ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ކައުންސިލުގެ ފަރާތުން ވައިކަރަދޫގެ ކޮންމެ ދަނޑުވެރިޔަކަށް މުޑުވައް އޮށްޕެކެޓެއް ވަނީ މިމަޢުރަޒު ހިނގަމުންދިޔަ ގަޑީގައި ހަދިޔާކޮށްފައެވެ.
ފޮޓޯ ގެލެރީ








