ޚަބަރު

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ވައިކަރަދޫގައި ބާއްވައިފި

މި އަހަރުގެ ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ވައިކަރަދޫގައި ބާއްވައިފިއެވެ. މިއަދު ހެނދުނު 6:00ގައި ކައުންސިލް އިދާރާގެ ކުރިމަތީ ބޭއްވުނު މި ރަސްމިއްޔާތު ފެށުނީ ކީރިތި ޤުރުއާންގެ ބަރަކާތުންނެވެ. ދިދަ ނަންގަވައިދެއްވީ ކައުންސިލް މެންބަރު އާޢިޝަތު ހަނީފާއެވެ. މި ރަސްމިއްޔާތުގައި ރަށުގެ ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުންނާއި ހދ. އަތޮޅު މަދަރުސާގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މިރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާއި ގުޅޭގޮތުން ހދ. އަތޮޅު މަދަރުސާގެ ދަރިވަރަކު ޅެމެއް ހުށަހަޅާއިދީފާވެއެވެ. އަދި ދުވަހާއި ގުޅޭގޮތުން ކައުންސިލް މެންބަރ އާޢިޝަތު ހަނީފާ ވާހަކަ ދެއްކެވިއެވެ.

ރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހުއެވެ. މިއީ މިގޮތުން ފާހަގަ ކުރެވޭ 81 ވަނަ ޤައުމީދުވަހެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *