ޚަބަރު

ހދ. ވައިކަރަދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް އުފެއްދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ ދަށުން ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި އުފައްދުމަށް ކައުންސިލުން ނިންމާފައިވާ “ހދ. ވައިކަރަދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް” އުފެއްދުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތްވަނީ ފެށިފައެވެ. އެގޮތުން ކުންފުނި ރަޖިސްޓްރީކުރުމަށް ހުށަހެޅުމުގެ ކުރިން ޑިރެކްޓަރުން ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމް މިއަދުވަނީ ފެށިފައެވެ. މި ތަމްރީން ޕްރޮގްރާމްގައި ކުންފުނީގެ މެނީޖިންގ ޑިރެކްޓަރ ކަމަށް ކަނޑައަޅުއްވާފައިވާ ކ. މާލެ، މ. ފުއްޓަރު، ޙަސަން މުޢިއްޒުއާއި ކައުންސިލް ޑިރެކްޓަރ ކަމަށް ކަނޑައަޅުއްވާފައިވާ ހދ. ވައިކަރަދޫ، ރުހާބު، ޢަބްދުﷲ ޝަރީފްއާއި އިންޑިޕެންޑެންޓް ޑިރެކްޓަރ ކަމަށް ކަނޑައަޅުއްވާފައިވާ، ހދ. ވައިކަރަދޫ، މާސް، މޫސާ ފަހީމްގެ އިތުރުން ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރު ބައިވެރިވެލައްވައެވެ. މި ކުންފުނި އުފެދުމާއެކު ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވޭ މަސައްކަތް އިތުރުވެ ހަރުދަނާވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *