ވައިކަރަދޫގައި އާދަޔާ ހިލާފަށް ހުވަނި ގިނަވެފައިވާތީ ހުވަނި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށުން
ވާރޭ ނުވެހި ގިނަދުވަސްތަކެއްވުމުން މިދުވަސްވަރު ވައިކަރަދޫގައި އާދަޔާ ހިލާފަށް ހުވަނި ގިނަވެ އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަނީ ވަރަށްބޮޑަށް އަސަރުކޮށްފައެވެ. ހުވަނި ކޮންޓްރޯލް ކުރުމަށް ވައިކަރަދޫ ކައުންސިލްގެ ފަރާތުން ރަށުގެ އެކި ސަރަހައްދުތަކަށް އޯމޯ ފެންޖެހުމުގެ މަސައްކަތްވަނީ ފަށާފައެވެ. މި މަސައްކަތުން އެދެވޭ ނަތީޖާއެއް ނުލިބިއްޖެނަމަ ހުވަނި ކޮންޓްރޯލް ކުރުމަށް ހާއްސަ ބޭސް ބޭނުން ކުރުމަށްވަނީ ހަމަޖެހިފައެވެ.