ސާފުނުކޮށް ގިނަދުވަސްވެފައިވާ ގޯތިތަކާއި ގޯއްޗާއިގުޅިފައިވާ މަގުފަޅި ސާފުކުރުމަށް ކައުންސިލުން އިޢުލާނުކުރުން
އެކި ދުވަސްވަރު ވައިކަރަދޫން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން، ސާފުނުކޮށް ވާވެފައިވާ ގޯތި ތަކާއި ކުރިން މީހުން ދިރިއުޅެ ތަފާތު އެކި ސަބަބުތަކާހުރެ، ފަޅުވެފައިވާ ގޯތިތަކާއި އެގޯތިތަކާ ގުޅިފައިވާ މަގުފަޅިތަކުގައި ގަސްގަހާ ވިނަފަޅާ ވާވެފައި އޮތުމުން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް އެކަމުން ތަފާތު އުނދަގުލާ ކުރިމަތިލާންޖެހި އެކަމުގެ ޝަކުވާތައް ލިބެމުންދާތީވެ، މިހާތަނަށް ވައިކަރަދޫން ދޫކުރެވި، މީހުން ދިރިއުޅޭން ނުފަށާ ގޯތި ތަކާއި އެކި ސަބަބުތަކާހުރެ ފަޅުވެފައިވާ ގޯތި ތަކާއި އެގޯއްޗާއި ގުޅިފައިވާ މަގުތައް 31 ޖުލައި 2024 ގެ ކުރިން ސާފުކުރުމަށް ފަހު ދާއިމަށް ސާފުކޮށް ބެލެހެއްޓޭނެ އިންޒިޒާމެއް ހަމަޖެއްސެވުމަށް އެ އިޢުލާނުގައި އަންގާފައި ވެއެވެ.