މި ލިސްޓުގައި މިވަނީ ކައުންސިލް ޖަލްސާއިން ނިންމާ ނިންމުންތަކާއި ގުޅޭ ލިޔުންތަކެވެ.
79/2026
2026 ވަނަ އަހަރުގެ ބަޖެޓަށް ބަދަލުގެނައުމާއި،އަދި ބަޖެޓަށްއިތުރު ކުރުމާމެދު މަޝްވަރާކޮށް ގޮތެއްނިންމުން.
78/2026
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާބަން ޑިވޮލޮޕްމަންޓް ގެ ނަންބަރ 269491/2026/4 (17 އޮކްޓޯބަރ 2026) ސިޓީ އާއި ގުޅިގެން 50 ހައުސިންގ ޔުނިޓް ވަކި ޢިމާރާތުގެ ގޮތުގައި 1 ފަންގިފިލާ ގެ ( ގުރައުންޑް ފްލޯ ) ޑިޓޭޗް ހޯމްސް ތަރައްޤީކުރުމަށް ބޭނުންވާ 100000 ( އެއްލައްކަ) އަކަފޫޓްގެ ބިން ކަނޑައެޅުމާ މަސައްކަތް ހިންގާ ސައިޓްގެ ގޮތުގައި 15000 ( ފަނަރަ ހާސް ) އަކަފޫޓްގެ ބިމެއް ހަމަޖެއްސުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
77/2026
1448 ވަނަ އަހަރު ރަމަޟާން މަހު ވައިކަރަދޫގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޒުކޮށް ތަރާވީޙު ނަމާދު ކުރާނެ ޙާފިޒުން ގެނައުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
76/2026
2026 އޮކްޓޫބަރ 29 އިން 31 އަށް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކެނަލް ސްޕޯޓްސް ބީޗް ވޮލީބޯލް ޓޯނަމެންޓް-2026"ގައި ޓީމު ވައިކަރަދޫގެ ނަމުގައި ޓީމެއް ބައިވެރިކުރުމަށް ކައުންސިލުގެ އެހީތެރިކަމަށް އެދި ވިލު ޖަމިއްޔާއިން ޕްރޮޕޯސަލް ހުށަހަޅާފައިވާތީ އެކަމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން
75/2026
ވައިކަރަދޫގެ ކުރިޔަށް އޮތް ފަސް އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތަށް ދާއިރާގެ ތަޖުރިބާކާރުންގެ ކޮންސަލްޓެންސީއާއި ފަންނީ އެހީތެރިކަން ހޯދުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
74/2026
ވައިރޮދި ޖަމިއްޔާގެ ފަރާތުން ވައިކަރަދޫގައި ބޭއްވުމަށް ރޭވިފައިވާ "އުދުހިލާ 2026" އިވެންޓް ބޭއްވުމަށްޓަކައި މާލީ އެހީތެރިކަމަށް އެދި ހުށަހަޅާފައިވާތީ އެކަމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން