މަގުބޫލް

2014 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ރައްޔިތުންނާއި ހިއްސާކޮއްފި

2014 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު “ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ” ހިނގި ގޮތުގެ ރިޕޯރޓް ވައިކަރަދޫ ރައްޔިތުންނާއި ހިއްސާ ކޮއްފިއެވެ. މި ބައްދަލްވުމުގައި ރިޕޯޓް ހުށަހަޅުއްވައި ދެއްވީ ވައިކަރަދޫ ކައުންސިލްގެ ރައީސް އަލްފާޞިލް އިބްރާހީމް މުޙައްމަދެވެ. އަދި ވައިކަރަދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖާދުﷲ ނަސީރު ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހދ. އަތޮޅުމަދަރުސާ ހޯލް ގައި ކުރިއަށްދިޔަ މި ބައްދަލްވުމުގައި ރައްޔިތުންނާއި ހިއްސާކުރި ރިޕޯޓަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2010/7) ގެ 108 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލިޔެވިފައިވާ، 2014 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހު ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލުގެ މަސައްކަތްތައް ހިނގައިދިޔަ ގޮތުގެ މަޢުލޫމާތު ހިމެނޭ ތަފްޞީލް ރިޕޯޓެވެ.

ރިޕޯޓުގައި، ކައުންސިލުގެ ތަޞައްވުރާއި ކައުންސިލްގެ މިޝަންއާއި ކައުންސިލްގެ ރައީސްގެ ބަޔާނާއި ރަށުގެ ވަނަވަރު، ނަތީޖާ ޙާޞިލް ކުރެވުނު މިންވަރާއި 2014 ވަނަ އަހަރު ޖޫންމަހުގެ ނިޔަލަށް ހިންގުމަށް ރޭވުނު ޙަރަކާތްތަކުގެ ތެރެއިން ކުރިޔަށް ނުގެންދެވުނު ޙަރަކާތްތަކާއި ކައުންސިލްގެ ފުރަތަމަ ހަމަހުގެ މާލީ ހިސާބާއި 2014 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނިފައިވާ ޙަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދެވިފައި ނުވާ ޙަރަކާތްތައް ހިންގުމަށް ރޭވިފައިވާ ގޮތާއި ނިންމާ ބަޔާން ރައްޔިތުންނާއި ހިއްސާކޮއްފައި ވެއެވެ.

ރިޕޯޓްގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ކައުންސިލް މެމްބަރ އަލްފާޞިލް އަހުމަދު ނަސީމް ވާހަކަދައްކާފައި ވެއެވެ. އެގޮތުން މިސްކިތްތަކުގައި ކާޕެޓް އެޅުމަށް ވައިކަރަދޫ ކައުންސިލުގެ އެދުމުގެމަތިން ވައިކަރަދޫ މަސްޖިދުލް އިޚްލާޞް ގައި އަދި ހުކުރު މިސްކިތައް ކާޕެޓް ހަދިޔާކޮއްދެއްވި ވައިކަރަދޫ އިއްޒަތްތެރި އަލީ ސުލައިމާން އާއި ރައްޔިތުންގެ މަޖިލިސް ވައިކަރަދޫ ދާއިރާގެ މެންބަރ މުޙައްމަދު ނާޒިމްއަށް ވައިކަރަދޫ ކައުންސިލްގެ ފަރާތުން ޝުކުރު ދަންނަވާފައި ވެއެވެ.

ރިޕޯޓްގައި ހުށަހަޅާ ނިމުމުން ވައިކަރަދޫ ކައުންސިލްގެ ރަސްމީ ވެބްސައިޓް އިފްތިތާޙް ކޮއްދެއްވުމުގެ އައިޓަމް ގައި ކައުންސިލްގެ ރައީސް އިބްރާހީމް މުޙައްމަދު އާއި ނައިބް ރައީސް މުޙައްމަދު ޢިނާޛު އާއި ކައުންސިލް މެމްބަރ އަހުމަދު ނަސީމް އަދި އިބްރާހީމް ވަސީމް ބައިވެރިވެފައި ވެއެވެ. ވެބްސައިޓް ފަރުމާކޮށް، ވެބްސައިޓް ޢިފްތިތާޙް ކޮއްދެއްވީ ހދ. ވައިކަރަދޫ މިސުރުރުވާގެ އަބްދުﷲ ވާފިރު އެވެ.

ކައުންސިލްގެ ރައީސް ރިޕޯޓް ނިންމާލަމުން، މި ކައުންސިލާއި ޙަވާލުކުރައްވާފައިވާ ކަންތައްތައް ކުރުމުގެ ހެޔޮ ތައުފީޤް ދެއްވިކަމުގެ މައްޗަށް މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވައި، ކައުންސިލް ހިންގުމުގައްޔާއި އަދި މި ކައުންސިލުން ދެމުންގެންދާ އެކިއެކި ޚިދުމަތްތައް ދިނުމުގައި މި ކައުންސިލްގެ ކައުންސިލަރުންނާއި، އިދާރީ އިސްވެރިންނާއި، މުވައްޒަފުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާފައި ވެއެވެ. ރާއްޖޭގެ ވަށައިގެން މިވާ މާސިންގާ ކަނޑަކީ އަޅުގަނޑުމެން އެންމެންނަށް އޭގެ ހެވާއި ލާބަ ހުރި ތަނެއްކަމުގައްޔާއި، ވައިކަރަދޫ އަށް ފަހިކަމާއި ފާގަތިކަން ދެއްވާ އަމަން އަމާން ތަނެއް ކަމުގައި ލެއްވުންއެދި މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވައިފައި ވެއެވެ.
73 މީހުން ބައިވެރިވި މި ރަސްމިއްޔާތަށްފަހު ބިލެއްމީރުކޮށްލުމެއް ބާއްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *