ވައިކަރަދޫ ކައުންސިލުގެ ޤުރުއާން މުބާރާތް ފަށައިފި
ވައިކަރަދޫ ކައުންސިލުގެ ޤުރުއާން މުބާރާތް 2018 މިއަދު މެންދުރު ފަހު 2:00 ގައި ފަށައިފިއެވެ. މާދަމާރޭގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި ތަފާތު ޢުމުރުފުރާތަކުން ޖުމްލަ 72 ކުދީން ބައިވެރިވެފައިވެއެވެ. މިމުބާރާތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 15 ދަރިވަރުން މިއަހަރުގެ ހދ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ވައިކަރަދޫ ކައުންސިލުގެ ޤުރުއާން މުބާރާތް ބާއްވާ ހަތަރުވަނައަހަރެވެ.