ޚަބަރު

ވައިކަރަދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގުރާމެއް ހިންގައިފި

Second 2131

ކޭމް މޯލްޑިވްސްއާއި ހދ. އަތޮޅު ކައުންސިލާއި މިކައުންސިލް ގުޅިގެން ވައިކަރަދޫގެ ރައްޔިތުންނަށް ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގުރާމެއް ހިންގައިފިއެވެ. 06 ޑިސެމްބަރ 2015 ވީ އާދިއްތަދުވަހު ކުރިއަށް ގެންދެވުނު މިޕްރޮގުރާމްގައި ދަނޑުވެރިކަމާއިބެހޭ މަޢުލޫމާތު ދެއްވީ ކޭމް މޯލްޑިވްސްގެ ޗެއަރމަން މުޙައްމަދު ނިޔާޒާއި ޖެނެރަލް މެނޭޖަރ އިސްމާއީލް ރަޝީދެވެ.

މި ތަމްރީން ޕްރޮގުރާމްގައި މައިގަނޑުގޮތެއްގައި މަޢުލޫމާތު ދެވުނީ ރައްކާތެރިކަމާއިއެކު ދަނޑުވެރިކަންކުރުމާއި ކެމިކަލާއި ނުލާ ދަނޑުވެރިކަން ކުރާނެ ގޮތެވެ. އެއްދުވަހުގެ މުއްދަތަށް ހިންގުނު މިޕްރޮގުރާމްގައި ވައިކަރަދޫގެ 26 ދަނޑުވެރިން ބައިވެރިވިއެވެ.

Second 2025ތަމްރީން ޕްރޮގުރާމްގައި ތިޔަރީ ސެޝަނަކާއި ޕްރެކްޓިކަލް ސެޝަނެއް ދަނޑުވެރިންނަށް ނަގައިދެވުނެވެ. މިޕްރޮގްރާމު ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހދ. އަތޮޅު ކައުންސިލުގެ މެމްބަރު އަލްފާޟިލް މުޙައްމަދު ވަސީމެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *